"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.56 ބަޖެޓުން ޚަރަދުކުރެވެން ހުރިކަން ޔަގީންކޮށް ހުއްދަދިނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ބަޖެޓުން ޚަރަދުކުރެވެން ހުރިކަން ޔަގީންކޮށް ހުއްދަދިނުން
10.56
ޚިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ޚަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓު ސެކްޝަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެއެވެ.