logo
banner image

އަތޮޅު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މުއައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އަތޮޅު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މުއައްޒަފުންނަށް އަމާޒުކޮށްގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިއަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އިސްނެންގެވުމުގެ މަތިން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެންނެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ، މި ޖެނުއަރީ މަހުގެ 4 އިން 7 އަށެވެ.