ކޮންމެ ކުއްޖަކަށް ޢާއިލާއެއް ޕްރޮގްރާމް: ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުން
'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްވެސް މެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރަން އެދޭ ފަރާތްތަކަށް ފޮސްޓަރން ނިޒާމުގެ ތެރެއިިން ދެގޮތަކަށް ކުދިން ފޮޮސްޓަރ ކުރެވޭނެއެވެ. އެގޮތުން، ވަގުތީ ގޮތުން ކުއްޖަކު ބަލަހައްޓާނެ ފަރާތަކާއި ކުއްޖާ ހަވާލުކުރުން ނުވަތަ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކުރާ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ދާއިމީކޮށް ބެލެހެއްޓުމަށް ކުއްޖާ ހަވާލުކުރުމެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާނ،ީ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމ،ު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބުމުނ،ް އެ ހުށަހެޅުންތައް ލިބޭ ތަރުތީބުނ،ް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެސެސްމަންޓްތައ،ް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަދައ،ި އެ އެސެސްމަންޓްތައް ފޮސްޓަރ ޕެނަލަށް ހުށަހަޅައ،ި އެ ޕެނަލުން ޝަރުޠު ފުރިހަމަވާކަމަށް ނިންމާ ފަރާތްތައ،ް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ދަފުތަރުކުރަންވާނެއެވެ.
މިގޮތުނ،ް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގައި އިސްކަންދޭންވާނ،ީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަލަހައްޓާ ދަފުތަރުގައި އެ ފަރާތްތައް ހިމެނިފައިވާ ތަރުތީބުންނެވެ.
