logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.52 މުދާ ގަތުމަށާއި ޚިދުމަތް ހޯދުމަށް ހުއްދަދިނުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

މުދާ ގަތުމަށާއި ޚިދުމަތް ހޯދުމަށް ހުއްދަދިނުން

10.52

ހޯދަން ބޭނުންވާ ޚިދުމަތް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ހޯދަންވާނީ، ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް، އެކަމަށް ވެރިޔަކު ހުއްދަ ދިނުމުންނެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު އޮންނަންވީ ގޮތުގެ ނަމޫނާ MG/PC01 މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވާނެއެވެ.