logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.51 ޚިދުމަތް ހޯދުމާއި މުދާ ގަތުމަށް ފައިސާ ވަކިކޮށްފައި ބެހެއްޓުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ޚިދުމަތް ހޯދުމާއި މުދާ ގަތުމަށް ފައިސާ ވަކިކޮށްފައި ބެހެއްޓުން

10.51

މުދާ ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ވެރިޔަކު ހުއްދަދީގެން އޯޑަރުކޮށްފައިވާނަމަ، ނުވަތަ އެދިފައިވާނަމަ، އެ ވަގުތު އެ މުދާ ލިބެން ނެތް ނަމަވެސް، އެކަމަށް ބޭނުންވާ ފައިސާ އެ ޚަރަދެއް ކުރުމަށް ހަމަޖައްސައިފައިވާ އެކައުންޓުން ނުވަތަ ބަޖެޓުގެ އައިޓަމުން އުނިކޮށް ވަކިން ބަހައްޓަންވާނެއެވެ. އަދި ވަކިން ބެހެއްޓި ފައިސާއިން އެ ކަމެއް ކުރެވޭގޮތް ނުވެއްޖެނަމަ، ނުވަތަ ބާކީވެއްޖެނަމަ، ހިސާބުތަކުން އެކަން ހަމަޖައްސަންވާނެއެވެ.