"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.47 ހޮވުނު ފަރާތް ޝާއިޢުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މަޢުލޫމާތު ދިނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ހޮވުނު ފަރާތް ޝާއިޢުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މަޢުލޫމާތު ދިނުން
10.47
ދައުލަތުގެ އޮފީސްތަކުން އެވޯޑްކުރާ ބީލަންތައް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ. ޝާއިޢުކުރާނީ ތިރީގައިމިވާ ގޮތަކުންކުރެ ގޮތަކަށެވެ.
(ހ) ދައުލަތުން މިފަދަ ކަންތައްތައް ޝާއިޢުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި.
(ށ) އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ނުވަތަ އެކަމަށް ޚާއްޞަކޮށްފައިވާ ތަނެއްގައި ބަހައްޓައިގެން.