logo
banner image
ދިފާޢީ ވުޒާރާ

ސަޕްލައި ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފި

3 މީހުންނާ އެކު ކ.ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ރޭ 19:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. މި ދޯނީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 01:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި މި ދޯނި ވަނީ ސިފައިންގެ އެހީތެރިކަމާއެކު ތިލަފުއްޓަށް ވައްދާފައެވެ.