"ޑޮމެސްޓިކް ވަޔަލެންސް" އަދި "ޖެންޑަރ ބޭސްޑް ވަޔަލެންސް" ޝެލްޓަރ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ "ޑޮމެސްޓިކް ވަޔަލެންސް" އަދި "ޖެންޑަރ ބޭސްޑް ވަޔަލެންސް" ޝެލްޓަރ ޑީ.ވީ/ޖީ.ބީ.ވީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި އެވެ.
މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ކުރިއަށްގެންދިިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
މާލީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޑީ.ވީ/ޖީ.ބީ.ވީ ޝެލްޓަރ އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަަމަށެވެ.
އެގޮތުން ބީލަން ކުރިއަށްގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާޢި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށެވެ.
ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 50 މިލިއަން ދިވެހި ރުފިޔާލިބިފައިވުން.
ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން، އަދި މަސައްކަތުގެ އަގު މަދުވެގެން 19 މިލިއަން ދިވެހި ރުފިޔާ ކަމުގައިވުން.
މިނިސްޓްރީން ބުނީ، ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
