ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އާއި ބައްދަލުކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އާއި ބައްދަލުކޮށްފި އެވެ.
އަންގާރަ ދުވަހު ބޭއްވި މާލީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ، ހައްޖު ކޯޕަރޭޝަނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
އަދި އެ ޯޕަރޭޝަންގެ ޤާބިލްކަން އިތުރުކޮށް، ޚިދުމަތްތައް ރަނގަޅު ކުރުމަށް ޕީ.ސީ.ބީ އަށް އެހީތެރިކަން ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު އޮޅުން ފިލުއްވާފަ އެވެ.

މި ބައްދަލުވުމުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) ގެ ރައީސް މުހައްމަދު އަނަސް ބައިވެރިވަޑައިގެންނެވި އެވެ.
އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އެވެ.
