logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީ ކެންގަރޫ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ސްނޯކްލިން ސެޝަނެއް ނަގައިދީފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، އައްޑޫ ސިޓީ ކެންގަރޫ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ސްނޯކްލިން ސެޝަނެއް ނަގައިދީފިިއެވެ.

ޑިސެންބަރު 12ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި ސްނޯކްލިން ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކާއި، މޫދުގައި އުޅޭއިރު ސަލާމަތީ ގޮތުން ވިސްނަންޖެހޭ ކަންތައްތައް ކިޔާދެވިފައިވެއެވެ. މި ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 4ގެ 28 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.