އެފްއެސްއެމްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަންތަކެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުން، ތިނަދޫ ސިޓީއާއި ގއ.ކޫއްޑޫގައި މަސައްކަތްކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަންތަކެއް ކުރިއަށްގެންގޮސްފިއެވެ.
ތިނަދޫ ސިޓީއާއި ކޫއްޑުގައި ވަކިވަކިން މިއަދު ކުރިއަށްގެންދިޔަ ދެ ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. އަދި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ.
ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ ސެޝަންގައި އެފްއެސްއެމްގެ 7 މުވައްޒަފުން ބައިވެރިވި އިރު، ކޫއްޑޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، އެ ކުންފުނީގެ 10 މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަންތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.
