logo
banner image

ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަލްފާޟިލް އަހުމަދު ޝަކީބު އައްޔަންކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަލްފާޟިލް އަހުމަދު ޝަކީބު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން އިއްޔެ ވަނީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެސް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ. 6886، އަލްފާޟިލް އަހުމަދު ޝަކީބު އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.

އަލްފާޟިލް އަހުމަދު ޝަކީބު އާއްމު ނަމުންނަމަ "ޝަކީބުބެ" އަކީ މީޑިއާގަިއ ޚާއްސަކޮށްކޮށް ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު އާއްމުން ބަަލައިގެންފައިވާ ކުޅަދާނެ ހުށަހެޅުންތެރި އެވެ.