logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 5 - 5.41 އެކި ފަރާތްތަކަށް ފޮނުވާ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުން ޢަމަލުކުރަންޖެހޭ ގޮތް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެކި ފަރާތްތަކަށް ފޮނުވާ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުން ޢަމަލުކުރަންޖެހޭ ގޮތް

5.41

އެކި ފަރާތްތަކަށް ފޮނުވާ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށް ވެސް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވަނީ ސަރުކާރު ބަންދު ދުވަހެއްގައި ކަމުގައި ވާނަމަ، ޖެހިގެން ހުޅުވޭ ދުވަހު ބިލުގެ ފައިސާ ދައްކައިފިނަމަ، ޖޫރިމަނާކުރާކަށް ނުޖެހޭނެއެވެ. ހުޅުވުނު ދުވަހު ފައިސާ ނުދައްކައިފިނަމަ، މުއްދަތު ހަމަވެގެން ނަގަންޖެހޭ ޖޫރިމަނާ ނަގަންވާނެއެވެ.