logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 5 - 5.40 ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތް ކޮށްދިނުމާއި ޚިދުމަތްދިނުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތް ކޮށްދިނުމާއި ޚިދުމަތްދިނުން

5.40

(ހ) ދައުލަތުގެ އޮފީހަކުން އަގަށް ޚިދުމަތެއް ދޭނަމަ، ނުވަތަ ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތެއް ކުރުވާނަމަ ކުރުވަންވާނީ، ހަމަހަމަ އުސޫލެއްގެ ދަށުން، ހާމަކަން ބޮޑު ގޮތެއްގައެވެ.

(ށ) ދައުލަތުގެ އޮފީސްތަކުން ޚިދުމަތެއް ދިނުމުގައި، ވަކި އުސޫލެއް، ނުވަތަ ފައިސާ ނަގާނެ ވަކި ރޭޓުތަކެއް ހަމަޖައްސައިފައިވާ ތަންތަނުން ޢަމަލުކުރާނީ، އެ އުސޫލުންނެވެ. ޚިދުމަތްދިނުމަށް ހަމަޖައްސައިފައިވާ އަގުތައް ލިޔުމުން އެނގެން އޮންނަންވާނެއެވެ.