ޔޫތު ކައުންސެލިންގ އަދި ހެޕީނެސް ލައުންޖް މިހާރު ޔޫތު ހަބްގައި
ޒުވާނުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި އުފާވެރި މާހައުލެއް ފޯރުކޮށްދިނުމަށް ހިންގަމުންދާ "ޔޫތު ކައުންސެލިންގ" އަދި "ހެޕީނެސް ލައުންޖް" މިހާރު ޔޫތު ހަބަށް ބަދަލުކޮށް، އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.
ޔޫތު ހަބަށް މިޚިދުމަތްތައް ބަދަލުކުރުމާއެކު، ޔޫތު ކައުންސެލިންގގެ ޚިދުމަތް ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރުފަހު 02:00 އަށް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ހެޕީނެސް ލައުންޖްގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 04:00 އިން ހަވީރު 06:00 އަށް ލިބޭނެއެވެ.
މި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޚިދުމަތް ދޭ ގަޑިތަކުގައި ޒުވާނުންގެ ހަބަށް ޒިޔާރަތްކޮށްގެންވެސް ޚިދުމަތް ލިބިގަނެވޭނެއެވެ.
ޒުވާނުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، މުޖުތަމަޢުގައި އުފާވެރިކަން ފަތުރުވުމަށް މިފަދަ ހިދުމަތްތަކަކީ ވަރަށް މުހިންމު ހިދުމަތްތަކެކެވެ.
