logo
banner image

“ތައްޔާރުވަމާ”ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ތައްޔާރުވަމާ" ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕް ނިންމި ޒުވާނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ޖުމްލަ 63 ޒުވާނުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބުގައެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.