logo
banner image

63 ބައިވެރިންނާއެކު “ތައްޔާރުވަމާ” ފަށައިގެން ކުރިއަށް!

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ"ތައްޔާރުވަމާ" ވޯކްޝޮޕް ފަށައިފެން ކުރިއަށް އެބަދެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ކުރިއަށްދާނީ މިއަދު ހެނދުނު 09:30 އިން 17:30އަށެވެ.

ޖުމްލަ 63 ޒުވާނުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންދަނީ ޔޫތު ހަބުގައެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.