ވާހަކަދެއްކުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަނީ
އަމިއްލަ ނަފްސަށް އިތުބާރުކޮށް، ސާފުކޮށް ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް، ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
"ދަ އާރޓް އޮފް ޕަބްލިކް ސްޕީކިން" މި މައުޟޫގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޢާންމުންގެ ތެރެއިން ވާހަކަދެއްކުމަށް ހުނަރުވެރި، ގާބިލު ފަރާތްތައް ބިނާކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް، ކޮންމެ ރެއެއްގެ 20:30 އިން 22:30 އަށް މާލޭގެ ޔޫތު ހަބުގައެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ގިނަ ހުނަރުތަކެއް ދަސްކޮށްދިނުމަށް ވަނީ ރާވާފައެވެ.
މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ އެސް.ސީ.އީ.އޭ.އެމްގެ ނައިބު ރައީސް އަދި އައްޑޫސިޓީ ޓޯސްޓްމާސްޓާސް ކްލަބުގެ ރައީސް އަދި މަޝްހޫރު ސްޕީކަރެއްގެ އިތުރުން ޓްރެއިނަރެއް ކަމަށްވާ އާމިނަތު ޢަލީއެވެ.
