logo
banner image

މި ހަފްތާ ބަންދުގައި ޒުވާނުންނާއި ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ޒުވާނުންގެ ހަބުން ފަހިކޮށްދެނީ ފިލްމު ބެލުމުގެ ހާއްސަ ރޭތަކެއްގެ ގޮތުގައެވެ.

މި ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭ ހަރަކާތްތަކެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ފިލްމު އަޅުވާ ވަގުތުތަކުގައި ފުޑް ސްޓޯލްތައް ވެސް އެސަރަހައްދުގައި ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިލްމު އަޅުވާ ތާރީޚުތައް:

• ޑިސެމްބަރު 4 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި 16 އަހަރުން މަތީގެ މީހުންނަށް ޚާއްސަ

• ޑިސެމްބަރު 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ކުޑަކުދިންނަށް ޚާއްސަ

• ޑިސެމްބަރު 6 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި 16 އަހަރުން މަތީގެ މީހުންނަށް ޚާއްސަ

މި ހަފްތާ ބަންދުގައި ފިލްމު ބެލުމަށް ރޭތައް ހާއްސަކޮށްފއިވާއިރު މިދިޔަ ހަފްތާ ވަނީ ޔޫތު ހަބުގައި ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން "ސަޅި ފެސްޓް 2025"ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި ހުޅުވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެތަން ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިވެގެންދާނެ އެވެ.