ސައިކްލޯން ޑިޓްވާގެ ހާދިސާއާ ގުޅިގެން ސްރީލަންކާއަށް އެހީވުމުގެ މަސައްކަތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބައިވެރިވެއްޖެ
ސައިކްލޯން ޑިޓްވާގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވި ހާލަތާ ގުޅިގެން އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ގައުމީ ފަންޑްރައިޒިންގ މަސައްކަތުގައި ޓޫރިޒަމް މިނިސްޓްރީ (MoTmv) ބައިވެރިވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (PSM News) އިން އިންތިޒާމުކުރި "މޯލްޑިވިއަންސް ވިތު ސީލޯން" ޓެލެތޯންގެ ތެރެއިން، މިނިސްޓްރީއާއި އެއާ ގުޅިފައިވާ އެޖެންސީތަކުން ވަނީ ސްރީލަންކާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އެހީތެރިވެ، ބާރުގަދަ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެމީހުންގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި ގޮންޖެހުން ބޮޑު ދަނޑިވަޅުގައި ސްރީލަންކާގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އެއްބައިވަންތަކަން ފާޅުކުރާ ކަމަށާއި، އެމީހުންނަށް ދެމިހުންނަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަށަވަރުކަން ދޭކަމަށެވެ. މިފަދަ ބޮޑެތި ކާރިސާތަކުގައި އަވައްޓެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ އަބަދުގެވެސް ސިޔާސަތެކެވެ.
މި ކަމުގައި މިނިސްޓްރީ އާއި ގުޅިގައިވާ ހުރިހާ މުވައްސަސާތަކާއި ޑިޕާރޓްމަންޓްސް ތަކުގެ މުވައްޒަފުންވަނީ ބައިވެރިވެ އެހީތެރިކަންފޯރުކޮށްދީފައެވެ.
