މުވައްޒަފުންގެ ޢާއިލާތަކަށް ޚާއްޞަ ޢާއިލީ ހަވީރެއް ބާއްވައިފި
ރައީސުލްޖޫމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށް ދެ އަހަރު ފުރުމާ ގުޅިގެން، މިނިސްޓްރީގެ މުވައްޒަފުންގެ ޢާއިލަތަކަށް ޚަޢްޞަކޮށްގެން ޢާއިލީ ހަވީރެއް މިއަދު ބާއްވައިފިއެވެ.
މިނިސްޓްރީގެ ކުޅިވަރު ފެންޑާގައި ކުރިއަށް ގެންދިޔަ މި ޢާއިލީ ހަވީރުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
މި ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ފޭސް ޕެއިންޓިންގއާއި، ކުލަޖެއްސުމާއި، ދަޅުވެއްޓުމާއި، ކުލޭން އެއްޗެހިހެދުމާއި، ޑާޓާއި، ޓޭބަލްޓެނިހާއި، ކިޔުޓެކް ޖެއްސެއްސުން ފަދަ ކަންތައް އޮތެވެ.
އަހަރީ ދުވަހާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންގެ ގުރޫޕުތަކުގެ މެދުގައި މާދަމާ ފުޓްސަލް މުބާރާތަކާއި އަދި ހޭންޑް ބޯލް މުބާރާތެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުޓްސަލާއި ހޭންޑް ބޯލް މުބާރާތް ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ރޭގަނޑު 23:00އަށެވެ. މުބާރާތް އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ ފުޓްސަލް ގްރައުންޑްގައެވެ
އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސްޓާފް އެވޯޑް ނައިޓް ޙަފުލާ އަންނަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ޢިމާދުއްދީން ސްކޫލުގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
