logo
banner image

ރަައީސުލްޖުމްހޫިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީސް މިނިސްޓްރީއަށް ދެ އަހަރު ފުރުމާ ގުޅިގެން މުވައްޒަފުންގެ ގުރޫޕުތަކުގެ މެދުގައި ބޭއްވި ބެޑްމިންޓަން މުބާރާތުގެ ދެ ލީގުގެ ޗެންޕިއަންކަން ވެސް ގުރީނުން ހޯދައިފިއެވެ.

ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނު އިއްޔެ ހަވީރު ފައްޓަވައިދެއްވި މި ބެޓްމިންޓަން މުބާރާތުގައި 4 ޓީަމަކުން ވާދަކޮށްފައި ވެއެވެ. އެއީ ރެޑް، އޮރެންޖު، ޕިންކު އަދި ގްރީނެވެ.

ބިދޭސީ މުވައްޒަފުންނާއި، ދޭސީ މުވައްޒަފުން ވަކި ލީގެއްގެ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެބިދޭސީ ލީގުގެ ފައިނަލްގައި ވާދަކުރީ ގްރީނާއި، އޮރެންޖެވެ. ފައިނަލް މެޗު ކާމިޔާބުކޮށް ބިދޭސީ ލީގު ކާމިޔާބުކުރީ ޓީމު ގުރީނެވެ. ދޭސީ ލީގު ގުރީނުން ކާމިޔާބުކުރީ ޓީމު ރެޑާ ވާދަކޮށެވެ.

ފޯރިގަދަ އަދި ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށް ދިޔަ މި މުބާރާތް ނިމުމުން، މުބާރާތުގެ ޗެންޕިއަންޓީމަށާއި، ރަނައަޕް ޓީމަށް ޓްރޮފީ ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީއަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތަކުގެ ތެރޭގައި ހިމެނޭ މުވައްޒަފުންގެ ޢާއިލީ ހަވީރު، މިނިސްޓްރީގެ ކުޅިވަރު ފެންޑާގައި މިއަދު އޮންނާނެއެވެ.