logo
banner image

މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ފަށައިފި

ރައީސުލްޖޫމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށް ދެ އަހަރު ފުރުމާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތް ފަށައިފިއެވެ.

ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން މިއަދު ހަވީރު ފައްޓަވައި ދެއްވި މި މުބާރާތުގެ ކުޅުން މިރޭ 11.30އާ ހަމައަށް ކުރިއަށް ދާނެއެވެ. މުބާރާތް ފެށުމުގެ މެޗްގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ކުޅުއްވިއެވެ.

މިއީ 2 ލީގެއް ހިމެނޭ ގޮތަށް މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރަނީ މުވައްޒަފުން ބަހައިލެވިފައިވާ 4 ގުރޫޕުންނެވެ. އެއީ ރަތް، ފެހި، އޮރެންޖު އަދި ފިޔާތޮށްޓެވެ. މުބާރާތުގައި ހިމެނޭ އެއް ލީގު ޚާއްޞަކުރެވިފައި ވަނީ މިނިސްޓްރީގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުންނަށެވެ. އަދި ދެވަނަ ލީގު ޚާއްޞަކުރެވިފައި ވަނީ މިނިސްޓްރީގެ ދިވެހި މުވައްޒަފުންނަށެވެ.

އަހަރީ ދުވަހާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންގެ އާއިލާތަކުގެ މެދުގައި ޢާއިލީ ގުޅުން ބަދަހިކުރުމަށް އަންނަ ހުކުރު ދުވަހު ޢާއިލީ ހަވީރެއް ބޭއްވުމުގެ އިތުރުން، މުވައްޒަފުންގެ ގުރޫޕުތަކުގެ މެދުގައި ހޮނިހިރު ދުވަހު ފުޓްސަލް މުބާރާތަކާއި އަދި ހޭންޑް ބޯލް މުބާރާތެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޢާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރުދުވަހު ހަވީރު 4:00އިން 6:00އަށެވެ. ފުޓްސަލާއި ހޭންޑް ބޯލް މުބާރާތް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 23:00އަށެވެ. މުބާރާތް އޮންނާނީ ހައުސިންގ މިނިސްޓްރީގެ ފުޓްސަލް ގްރައުންޑްގައެވެ

އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސްޓާފް އެވޯޑް ނައިޓް ޙަފުލާ އަންނަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ޢިމާދުއްދީން ސްކޫލުގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.