logo
banner image
ދިފާޢީ ވުޒާރާ

ސަދަން އޭރިއާ ކޮމާންޑުން ފުވައްމުލަކު ސިޓީގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ފުވައްމުލަކު ސިޓީގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ނޮވެންބަރު 25ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރީންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމެވެ.

އޮކްޓޫބަރު 8އިން1 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، އެ ރަށުގެ 41 ކަނބަލުން ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.