ގއ. އަތޮޅު ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި
ގއ. އަތޮޅު ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މި މިނިސްޓްރީގެ ''ރަށްވެހި'' މާލަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ގއ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި އަދި އެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބައެއް ބަދަލުތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މިނިސްޓަރުގެ އަރިހުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓާއި، ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުގެ އިތުރުން ގއ. އަތޮޅުގެ ކަންކަން ވިލެރެސްކޮށް ބެލެހެއްޓެވުމާއި ޙަވާލުވެތިއްބެވި މިނިސްޓްރީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
