logo
banner image

ހަފްތާ 104: ދެ ސިޓީއެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް، 4 ސިޓީއެއްގައި ޔޫތު ތަރޑް ސްޕޭސް!

ހަފްތާ 104: ދެ ސިޓީއެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް، 4 ސިޓީއެއްގައި ޔޫތު ތަރޑް ސްޕޭސް!

އައްޑޫ އަދި ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހު 6 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ.

މި މަޝްރޫޢުގެ ދަށުން އެ ދެ ސިޓީގައި ވެސް 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންފިފިލާގެ އިމާރާތެއް ބިނާ ކުރެވިގެންދާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެއެވެ.

މިއިން ކޮންމެ މަސައްކަތެއް ވެސް ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައި ނިންމަން އެމްޓީސީސީއާއެވެ.

މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކޮންމެ މަސައްކަތެއް 15.18 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ލައިބްރަރީގެ ޚިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަސައްކަތްތަކުގެ އިތުރުން 4 ސިޓީއެއްގައި ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ހަތަރު ސިޓީއަކީ އައްޑޫ ސިޓީ، ފުވައްމުކަލު ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

މި 4 ސިޓީގައި ޔޫތު ތަރޑް ސްޕޭސް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ނޮވެންބަރުގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހިމް ވަހީދެވެ. ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ބިނާކުރާ ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ. ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕޮރޮޖެކްޓް މެނޭޖަރ ހުސައިން އަބްދުއްރަޙްމާނެވެ

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ޔޫތު ތަރޑް ސްޕޭސްއަކީ ޒުވާނުންނަށް މުނިފޫހިފިލުވުމާއި، އީޖާދީ މަސައްކަތްތަކާއި، ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ މަރުކަޒެކެވެ. މީގެ ސަބަބުން ޒުވާނުންގެ ދުޅަހެޔޮކަން އިތުރުވެ، މަޢުލޫމާތާއި ތަމްރީނުގެ ފުރުސަތުތައް ލިބި، ވިޔަފާރީގެ ދާއިރާއަށް ވަނުމަށާއި، ކޮމިއުނިޓީ ބިނާކުރުމުގެ މަސައްކަތްތަކަށް ބާރެއް ލިބިގެންދާނެއެވެ.