އައި.ޔޫ.އެމްގެ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް ހާޞިލުކުރި ދަރިވަރުންނަށް މެޑަމް ސާޖިދާ އިނާމު ޙަވާލުކުރައްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން "ސިގްނޭޗަރ ރިސަރޗް ސްކޮލަޝިޕް" ހާޞިލުކުރި ދަރިވަރުންނަށް އިނާމު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
އެކަމަނާ ވަނީ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސްކޮލަޝިޕަށް ހޮވުނު 40 ދަރިވަރުންނާއި އިނާމު ޙަވާލުކުރައްވައިފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ސްކޮލަޝިޕް ހާޞިލުކުރި ދަރިވަރުންނާއި މުޙާތަބުކުރައްވައި ޙިތާބުދެއްވަވައިފައެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދިވެހި ބަހާއި، ސަގާފަތާއި ތަރިކަޔާއި ބެހޭ ވުޒާރާގެ ދަށުން ގާޢިމުކުރެވިފައިވާ ނެޝަނަލް އިންސްޓިޓިއުޓް ފޮރ މޯލްޑިވިއަން ހެރިޓޭޖް ރިސަރޗްގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ، ދިވެހިރާއްޖޭގައި ހިންގާ، ސަގާފަތާއި ތަރިކަޔާއި ގުޅޭ ފުރުތަމަ މާސްޓަރސް ޕްރޮގްރާމެވެ.
