logo
banner image

104 ހަފްތާ: ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ރަސްމީކޮށް ޤާއިމްކުރުން.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުން މަސްވެރި ކޮލެޖެއް އުފެއްދުމަށް ލާޒިމުކޮށްފައިވާ ހިނދު، މި މުހިންމު ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި "ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް" ގެ ނަމުގައި ވަނީ ކޮލެޖެއް ޤާއިމުކުރެވިފައެވެ. މިއީ މަސްވެރިކަމާ ގުޅުުންހުރި ތަޢުލީމާއި ތަމްރީނުްރީނު ނިޒާމީ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް ޤާއިމުކުރެވިފައިނުވާ ހަރުދަނާ ނިޒާމެއްގެ ފެށުމެވެ.

މި ކޮލެޖުން ފަރުމާކޮށްފައިވާ ކޯސްތައް ޔުނިވަރސިޓީގެ އެކިއެކި ކެމްޕަސްތަކުގައި 2025 ވަނަ އަހަރު ފެށިގެން ކިޔަވައިދޭން ވަނީ ފެށިފައެވެ. ބެޗްލަރ އޮފް މެރިން ސައިންސް ޕްރޮގްރާމް 12 ދަރިވަރުންގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ކުރިއަށް ދަނީ ހިންގެމުންނެވެ. ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި ޖުމްލަ 45 ދަރިވަރަކަށް ބެޗްލަރ އޮފް ސައިންސް އިން ފިޝަރީޒް އަދި ބެޗްލަރ އޮފް ސައިންސް އިން އެކުއަކަލްޗަރ ކޯސްތަކުގައި ކިޔެވުމަށް ސަރުކާރުގެ ފަރާތުން ފުލް ސްކޮލަރޝިޕްގެ ފުރު ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ.

ރަސްމީ ކިޔަވައިދިނުމުގެ އިތުރުން، ދިރާސާކުރުމާއި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 4 މަސައްކަތު ބައްދަލުވުމާއި 3 ކޮންފަރެންސް ބޭއްވިފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ 4 ޔުނިވަރސިޓީއަކާއެކު ފަހުމުނާމާ އެކުލަވާލައި، ދެފަރާތަށް ފައިދާހުރި ދިރާސާތައް ކުރުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ. އަދި ރާއްޖޭގެ 3 އެންޖީއޯއާއި 5 ރިސޯޓާއެކު ފަހުމުނާމާ އެކުލަވާލައި، ކޮލެޖުގައި ކިޔަވާ ދަރިވަރުން އެފަރާތްތަކުން ހިންގާ ދިރާސާތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ މަގު ވަނީ ތަނަވަސްކުރެވިފައެވެ.

2026 ވަނަ އަހަރު ފެށިގެން އިތުރު 6 ކޯހެއް ތަޢާރަފުކުރުމަށްުމަށް ވަނީ ރޭވިފައެވެ. މީގެތެރޭގައި ހިމެނެނީ ސެޓްފިކެޓް ފެންވަރުގެ 5 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 1 ކޯހެވެ.