45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަސްކެޑުމުގެ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން 13 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މަޣްޞަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުމެވެ. މިމުބާރާތަކީ ދެޖިންސުގެ ބޭފުޅުން އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް (https://forms.gle/82zfwWcpsDUkFftV9 ) ފުރިހަމަ ކުރުމަށް ފަހު 27 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމްގެ ލިންކް އަދި މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ޤަވާއިދު މި އިޢުލާނާއި އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމަނާފައިވާނެއެވެ.
