ނެޝަނަލް ރިސަރޗް ފަންޑްގެ ދަށުން ރިސަރޗް ގްރާންޓްސް އަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ނެޝަނަލް ރިސަރޗް ފަންޑް (އެން.އާރު.އެފް) ގެ ދަށުން 'އިމަރޖިން ރިސަރޗް ގްރާންޓްސް' (އެން.އާރް.އެފް-އީ.އާރު.ޖީ) އަށް ރިސަރޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު، ރިސަރޗް ގްރާންޓް މެނޭޖަރސް މެދުވެރިކޮށް މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. އަދި މި ގްރާންޓް ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ. ނެޝަނަލް ރިސަރޗް ފަންޑްގެ ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަ ރސިޓީ އަދި ވިލާ ކޮލެޖް އެވެ. މި ތިން އިންސްޓިޓިއުޝަންއިން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ.
މި ގްރާންޓްތަކުގެ ދަށުން ފަންޑުކުރެވޭނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ ތިރީގައި ވާ މައިގަނޑު ދާއިރާތަކުގެ ދިރާސާތަކަށެވެ:
• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް
• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ
• ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން
• ގްރީން އެޖެންޑާ
ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވާ ތިން އިންސްޓިޓިއުޝަންއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިތައް ތިރީގައި މިވަނީއެވެ.
• ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓ: 31 ޖެނުއަރީ 2026
• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ: 7 ޑިސެންބަރު 2025
• ވިލާ ކޮލެޖް: 30 ޑިސެންބަރު 2025
