logo
banner image

4000 ހައުސިންގ ޔުނިޓުގެ ފައިނަލް ލިސްޓު އޮކްޓޫބަރ މަހު ތެރޭގައި އާއްމުކުރަނީ

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފެލްޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އަންނަ އޮކްޓޫބަރު މަހު އާންމު ކުރާނެ ކަމަށް މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހުޅުމާލޭގައި އަޅާ 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރ މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި މިހާރުއޮތް ފުލެޓު ލިސްޓު އުވާލަން ސަރުކާރުން ގަސްތު ނުކުރާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފޯމުތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން 4000 ފްލެޓް ލިބޭ މީހުނެ ކަނޑައެޅުމަށް ފުރަތަމަ ބުރުގައި ހުށަހެޅި ހުރިހާ ފޯމެއް ރިވިއު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގެދޮރުވެރިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2ގައި ޖުމުލަ 32 ޓަވަރެއް އަންނަނީ އިމާރާތްކުރަމުންނެވެ. އަދި މި ޓަވަރުތަކުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.