logo
banner image

ނިއުޒިލޭންޑްގެ ހައި ކޮމިޝަނަރު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި

ނިއުޒިލޭންޑްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ޑޭވިޑް ޕައިން ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި އެ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށާއހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މައްޗަށް ވަނީ އަލިއަޅުވާލެވިފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ދާއިރާ އަދި މަތީ ތަޢުލީމާއި ގުޅޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

މަތީ ތަޢުލީމު އަދި ޓިވެޓް ދާއިރާގެ ކުރިއެރުން މެދުވެރިކޮށް ޒުވާނުންގެ ހުނަރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މަޤްޞަދު ހާޞިލުކުރުމަށް ނިއުޒިލޭންޑް ފަދަ ބޭރުގެ އެކި ޤައުމުތަކުގެ އިސްވެރިންނާއިއެކު ގުޅިގެން މަސައްކަތްކުރުމަށް އެތަށް މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބޭއްވިފައެވެ.