logo
banner image

45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339272 އާ ގުޅުއްވުން އެދެމެވެ.