logo
banner image

ސްރީ ލަންކާގެ އެން.އެސް.ބީ.އެމް ގްރީން ޔުނިވާސިޓީ އިން މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި

ސްރީ ލަންކާގެ އެން.އެސް.ބީ.އެމް ގްރީން ޔުނިވާސިޓީގެ ބައެއް އިސްބޭފުޅުން ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސްރީ ލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމެވެ. އެގޮތުން، އެން.އެސް.ބީ.އެމް ގްރީން ޔުނިވާސިޓީގެ ފަރާތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދެވެންހުރި މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ފަރާތުން ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީއު އަދި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.