logo
banner image

މި ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި، އަދި އިޤްތިޞާދީ ގޮތުން ދަތި ޙާލަތެއްގައި ތިބި ފަރާތްތަކަށް މަސައްކަތު ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ޔަޤީންކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އިތުރު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.