logo
banner image

ތ އަތޮޅުގެ ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނަށް އިބަމައާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފި

އިޖުތިމާޢީ ބަދަހި މަދަދުވެރިނެ (އިބަމަ) އަށް ކަމާގުޅުންހުރި އިދާރާތައް އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ. ގުރައިދޫ، މަޑިފުށި، ވަންދޫ އަދި އޮމަދޫގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައެވެ.

މިކަމަށްޓަކައި މިރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ބޭއްވި ބައްދަލުވުމުގައި އިބަމަ އަކީ ކޮބައިކަމާއި، އިބަމައިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ރާއްޖޭގެ ރަށްރަށުގައި އިބަމަ ގާއިމްކުރުމަށްޓަކައި ޔުނިސެފްއާއި ހިއްސާދާރު އެހެން މުއައްސަސާތައް ގުޅިގެން މި ވުޒާރާއިން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި ކަންކަމާއި އިބަމައިގެ ސަބަބުން މިހާތަނަށް ހާސިލްކުރެވިފައިވާ ކާމިޔާބު ބައެއް ނަތީޖާތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.