ޣިޔާޘުއްދީން "އޮކިއުޕޭޝަނަލް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި އެފްއާރުއެސްއިން ބައިވެރިވެއްޖެ
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި "އޮކިއުޕޭޝަނަލް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައިވެރިވެއްޖެއެވެ.
މި ހަރަކާތުގައި ޣިޔާޘުއްދީން ސްކޫލުގެ ދަރިވަރުންނަށް އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ވަނީ ފަޔަރމަނުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތުދީފައެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ފަޔަރމަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން ފަޔަރމަނުން ބޭނުންކުރާ ބައެއް އާލާތްތަކާ ގުޅޭގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތުދީފައެވެ.
