logo
banner image
ދިފާޢީ ވުޒާރާ

ޝައިން ލާނަރޒް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި

ޝައިން ލާނަރޒް ޕްރީސްކޫލުގެ ޖޫނިއަރ ކިންޑަރގާޓެން ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ 48 ދަރިވަރުންނާއި 15 މުދައްރިސުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ޝިޕް ސޭފްޓީ، ވޯޓަރ ސޭފްޓީ، ޑައިވިންއާއި ފަޔަރފައިޓިންގގެ ތަޢާރަފާއި، އަދި ލައިފް ޖެކެޓާއި ލައިފް ރިންގ ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީގެ ސިފައިންނެވެ.