logo
banner image

ފޭދޫ ފުޓްސަލް ދަނޑުގެ ބިންގާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފި

އައްޑޫ ސިޓީ ފޭދޫ ގައި އަލަށް އަޅައި ފުޓްސަލް ދަނޑުގެ ބިންގާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފިއެވެ.

ފޭދޫ ފުޓްސަލް ދަނޑުގެ ބިންގާ މިނިސްޓަރ އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޭދޫގައި އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ރައީސް އަރިހުގައި ފުވައްމަލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ. އަދި މިނިސްޓަރ ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ މަސައްކަތް ވެސް މިއަދު ފައްޓަވައިދެއްވާފައެވެ.