logo
banner image

ހިތަދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.

އައްޑޫ ހިތަދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ހިތަދޫ އަށް ވަޑައިގެން އެ ކަމަށް ޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި، މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އަރިހުގައި މިނިސްޓަރ ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި މިނިސްޓަރ ވަނީ މީދޫގައި ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޢަމަލީ މަސައްކަތާއި، މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އިތުރުން މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ފައްޓަވައިދެއްވާފައެވެ. އަދި މީދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް މިނިސްޓަރ ވަނީ ފައްޓަވައިދެއްވާފައިވެއެވެ.