މަރަދޫ ފޭދޫ ފިޓްނަސް ސެންޓަރ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވައިފި
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
މަރަދޫ ފޭދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ އަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ރައީސް އަރިހުގައި ފުވައްމަލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
