އައްޑޫ މީދޫގައި ޢިމާރާތްކުރާ ފިޓްނަސް ސެންޓަރގެ ޢަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވައިފި
އައްޑޫ ސިޓީ މީދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މީދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި، މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފިޓްނަސް ސެންޓަރގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތައް ކުރިމަގުގައި ލިބިގެން ދާނެއެވެ.
