logo
banner image

ސަރުކާރުން ނިންމާ، ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެ: މިނިސްޓަރ

ސަރުކާރުން ނިންމާ، ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ ކަމަކަށް ވެސް ވާހަކަ ދައްކަވާއިރުވެސް ދިވެހި ޒުވާނުންގެ މަސްލަހަތު އެކަމުގައި ހިމާޔަތްކުރައްވާނެ ކަމަށާއި، ދިވެހި ޒުވާނުންނަށްޓަކާ ބުނަންޖެހޭ ކޮންމެ އެއްޗެއް ވެސް ވިދާޅުވާނެ ކަމަށެވެ.

މީގެ އިތުރުން މިސަރުކާރުން ނިންމާފައިވާ ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ވުޒާރާ އާއި ކުޅިވަރު ވުޒާރާ ވަކިކުރުމުން ޒުވާނުންނަށް ކުޅިވަޅުގެ ދާއިރާއިން އަންނަން ޖެހޭނެ ކުރިއެރުންތަކާއި އިތުރު ކަންތައްތަކަށް އެއްވެސް ހުރަހެއް އައިސްފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިސްޓްރީ މިގޮތުގައި އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ސްމާޓް މޫވްއެއް." މިނިސްޓަރ ވިދާޅުވިއެވެ.