"ކުރިމަގު ސައްލާ" ށ. މާއުނގޫދޫ ގައިި ބާއްވައިފި
ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ށ. މާއުނގޫދޫ ގައިި ބާއްވައިފި އެވެ.
މާއުނގޫދޫ ގައިި ކުރިމަގު ސައްލާ ބޭއްވީ ރޭ 20:15 ގައި އެރަށު ކައުންސިލް އިދާރާގެ މީޓިން ރޫމް ގައެވެ.
މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ކުރިއަށްއޮތް 20 އަހަރަށް ރަށާއި ޤައުމުގެ ތަސައްވުރު އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ދެއްވުމުގެ ފުރުސަތު ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ.
މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.
