ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި
ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ޑރ. އެމް.ޑީ ނަމްޒުލް އިސްލާމް ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަތުރައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި އަދި ޚާއްސަކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން އެއްޤައުމުން އަނެއް ޤައުމަށް އެހީއާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ސިއްޙީ ދާއިރާ އިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގައި އިންޓާންޝިޕް ފުރުޞަތުތައް ހޯދައިދިނުމާއި ޓެކްނިކަލް ވޮކޭޝަނަކް އެންޑް ޓްެރެއިނިްގ (ޓިވެޓް) ދާއިރާއަށް ދިވެހި ޒުވާނުން ޝައުގުވެރިކުުރުވުމާއި އެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް އިތުރުވުމާއެކު، ދިވެހިރާއްޖޭއަށް މުހިއްމު އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެއެވެ.
