logo
banner image

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް "އޯޕަން ޑޭ-ސްކިލް ފެސްޓް 2025" ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގެ ދަށުން، ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ މަޢޫލޫމާތު ހޯދުމާއި، އެކި މަސައްކަތްތަކާއި ގުޅޭ ހަރަކާތްތަށް ބަލައިލުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ކޭކް ޑިޒައިނިންކުރުމާއި، ފެޝަން ޑިޒައިނިންގ ފަދަ ތަފާތު ފަންނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި އިވެންޓްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، އާކިޓެކްޗަރ، ވަޑާންކުރުން، މެކޭނިކަލް އިންޖީނިއަރިންގ،ވިޔަފާރި، ޓެކްނިލޮޖީ އަދި އެކި ފަންނީ އުފެއްދުންތެރި ދާއިރާތަކާއި ގުޅޭ ވޯކްޝޮޕްތަކާއި އެ މަސައްކަތްތައް ކުރާގޮތް އާންމުންނަށް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިޓެކްނިކްގެ މި އިވެންޓް ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ ގަޑިތައް:

29 އޮކްޓޫބަރ: 14:00 - 22:00

30 އޮކްޓޫބަރ: 09:00 - 12:00 އަށް އަދި 14:00-22:00

31 އޮކްޓޫބަރ: 18:00-16:00 އަދި 20:00-22:00