logo
banner image
ޞިއްޙީ ވުޒާރާ

ޅ. ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރްޑީސީއާ އެވެ. ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، އެކްސްރޭ ރޫމް އަދި ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރިތައްވެސް ހިމެނޭނެ ކަމަށެވެ.

"މީގެ ސަބަބުން ސިއްޚީ ޚިދުމަތްތައް ވަރުގަދަކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކުރުމަށް ވާނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.