ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަޝްވަރާކުރުމަށް ހޯނޑެއްދޫ ކައުންސިލުން މިނިސްޓްރީއާ ބައްދަލުކުރައްވައިފި
ހޯނޑެއްދޫ ކައުންސިލުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އިއްޔެ މެންދުރު މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.
ރައްޔިތުންނާ ގުޅުން ހުރި ބައެއް ކަންކަމުގައި މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމްއެވެ.
އެ ގޮތުން ކައުންސިލްގެ ބޭފުޅުން ވަނީ އެ ރަށުގެ ބިންތައް ކުއްޔަށް ދޫކުރުން އަވަސްކޮށްދެއްވުމަށާއި، މަގުތަކުގެ ޙާލަތު ހުރި ގޮތާއި، އެ ކަމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ހޯނޑެއްދޫ ގައި ޢިމާރާތްކުރާ އައު ކައުންސިލު ޢިމާރާތާ ގުޅިގެން ހުރި ބައެއްކަންކަންވެސް ކައުންސިލުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމްގެ އަރިހުގައި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު އައްސަދު ބައިވެރިވެވަޑައިގެންނެވިއެވެ.
