ވަރަ އެކްސްޕޯގައި މި ވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި.
ވަރަ އެކްސްޕޯގައި މި ވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ނޮވެންބަރު 6 އަކުން ނޮވެންބަރު 8 އަށް ބާއްވާ ވަރަ އެކްސްޕޯ 2025 ގައި މި ވުޒާރާއިން ބައިވެރިވުމަށް ނިންމާފައިވާ ކަން ދަންނަވަމެވެ. އެގޮތުން މި ވުޒާރައިގެ ސްޓޯލްގައި ހިންގާ އެކި ކަނތައްތަކުގެ ތެރޭގައި ދަނޑުވެރިކަމުގައި އަގު އެއްކުރި ތަކެތި
(value added products) ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިވުޒާރައިގެ ސްޓޯލްގައި މިފަދަ ތަކެތި ދައްކަލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 00؛14 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، މިވުޒާރާގެ ނަންބަރު 3309309 އަށް ގުޅުއްވުން އެދެމެވެ.
