logo
banner image

އެން.ސީ.އެސްގެ ފަރާތުން ބްރައިޓްވޭ ސްކޫލްގެ ދަރިވަރުންނަށް ކެރިޔާ ގައިޑެންސް ސެޝަނެއް ބާއްވައިފި

ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް)ގެ ފަރާތުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކެރިޔާ ގައިންޑަސްއާއި ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.

އެން.ސީ.އެސްގެ ފަރާތުން މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ވަޒީފާގެ ރޮނގު ޚިޔާރުކޮށް ކުރިއަރައި ދިޔުމަށް ބޭނުންވާ އެއްބާރުލުމާއި މަޢޫލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން، ދަރިވަރުން ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިޔުމަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ވަޒީފާގެ މައިދާނުގައި ކާމިޔާބީ ހޯދުމާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް)ގެ ފަރާތުން ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށް ބޭއްވޭ މި ސެޝަންތަކަކީ ދިވެހިރާއްޖެއަށް ތަރައްޤީ ގެނުވައިދޭ ޒުވާނުން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން އެކި ދާއިރާތަށް ކުރިއެރުވުމަށް ބޭނުންވާ ޤާބިލް ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެއެވެ.